އުރީދޫން މި ޕްރޮމޯޝަން އިއުލާނުކުރީ މިރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.
އެކަނި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ މި ޕްރޮމޯޝަން ކުރިޔަށްދާނީ މި އަހަރުގެ ޑިސެންބަރުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން، އުރީދޫ ކަސްޓަމަރުން 250ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި:
• އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• ޕީސީއެކްސް160 (ކަޅު ކުލަ)
މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
އުރީދޫއިން ބުނީ މިރެއިން ފެށިގެން މި އަހަރު ނިމެންދެން ކޮންމެ 72 ގަޑިއިރެއްގެ ތެރޭގައި ގުރުއަތު ލައިގެން ނަސީބުވެރިޔަކު ހޮވާނެ ކަމަށެވެ. އެ ގޮތުން ކޮންމެ ތިން ދުވަހަކުން އުރީދޫގެ ކޮންމެ ވެސް ކަސްޓަމަރަކަށް ސައިކަލެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ