ads
ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު ފޮޓޯ؛ ޔޫޓް މިނިސްޓްރީ
މީޑިއާ މެދުވެރިކޮށް ދޮގު ހަބަރު ފަތުރާތީ ޔޫތް މިނިސްޓަރު ކަންބޮޑުވެލައްވައިފި
ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އާންމު ނޫސްތަކުން ދޮގު ހަބަރު ނުފެތުރުމަށް ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު އިލްތިމާސްކުރައްވައިފި އެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު ވަނީ މިވަގުތު މުޅި ދުނިޔެ ފާހަގަކުރަމުންދާ އެންމެ ބޮޑު ޗެލެންޖަކަށް ފެންނަނީ ފޭކު ނިއުސްގެ މައްސަލަ ކަމަށެވެ.

އާންމު މީހާއަށް ނޯޓިފައި ވާން ދިމާވާ ދަތިތައް ރާއްޖޭގައިވެސް އެބައޮތް ކަމަށާއި ހަގީގަތުގައިވެސް މިސްއިންފޯމޭޝަންއަކީ ވަރަށް ބޮޑަށް ހަގީގަތް އޮޅި އެކަމުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރާ  ކަމެއްކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މިސް އިންފޯމޭޝަން އާއި މިކަންކަމާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން ހާއްސަ މަސައްކަތްތަކެއް އެބަ ކުރަން މިއަހަރު ނިމިނުގެ ކުރިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން އެވެއާ ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރަން" ޔޫތް މިނިސްޓަރު ވިދާޅުވި އެވެ.

މިޒަމާނަކީ ކުރީގައި އޮންނަ ގޮތަކަށް ސިޓިން ރޫމްގައި ތިބެގެންް ޓީވީ ބެލި ޒަމާނެއް ނޫން ކަމަށާއި ޒުވާނުން ކޮފީގައި ރަށްޓެހިންނާއ އެކު ތިބެ  ޕްރޮގްރާމްއަށް ރިއެކްޓްކުރަނީވެސް އެހާވެސް ހަލުވިކޮށް އަވަހަށް ކަަމަށް މިނިސްޓަރު ވަހީދު ވިދާޅުވި އެވެ.

މިސް އިންފޯމޭޝަން، ނުވަތަ ފޭކު ނިއުސްއާއި ރަނގަޅު ހަބަރު ފަތުރާ ރައްޔިތުން އަހުލުވެރިކުރުމަކީ ޔޫތް މިނިސްޓްރީގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެކަންކަމަށް، ޓެކްނޮލޮޖީއާ އެއްވަރަށް ރައްޔިތުންގެ ހޭލުންތެރިކަންވެސް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އުފައްދާތަކެއްޗަކީ މުޖްތަމައުއަށް އަސަރެއް ކުރާ އެއްޗެއްތޯ އެ އުފައްދާ މީހުންވެސް ބަަލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

"އެ ހުނަރު ހުރުމަކުން އެކަނި ނުނިމޭނޭ ދުނިޔޭގައި ހިނގާ ކޮންމެ އޮޔެވަރެއްގައި އަޅުގަނޑުމެންވެސް ޖެހޭނެ، ދުނިޔެވެސް ނުރައްކަލުގައި އޮތީ ރާއްޖެވެސް އެކަން ތަޖުރިބާ ކުރާނެ، އަޅުގަނޑު އެދެން ސޯޝަލް މީޑިއާހައި ހަރަަކާތެރިވާ ބޭފުޅުންވެސް އަދި އާންމު ނޫސްތަކުގައިވެސް ރަނގަޅަށް ހަގީގިތާއި އެއްގޮތަށް މަސައްކަތްކުރައްވާނެކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.

އެކަން އެގޮތަށް އޮތްއިރު ގިނަ ނޫސްވެރިންނާއި ނޫސްތަކުން ހަގީގަތާ އެއްގޮތަށް ލިޔުއްވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ދެމިތިބޭނީ ޒުވާނުން އެކަމެއްގައި ކުރިއަށް ދާން ތިބި ކަމަށްވާނަމަ އެބޭފުޅުނަށް އެ ފުރުސަތު ހޯދައިދީ ފަހިކޮށްދިނުމަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް