ads
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު---ފޮޓޯ: އަވަސް އޮންލައިން
ރާއްޖޭގެ 75 އިންސައްތަ ސިިޔާސީ މީހުންނަކީ އެއްވެސް އަގެއްނެތް ބައެއް: އުމަރު
މި ދިވެހި ރާއްޖޭގެ 75 އިން ސައްތަ ސިޔާސީ ބޭފުޅުންނަކީ އެއްވެސް އަގެއް ނެތް ބޭފުޅުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
Advertisement

"ސީއެންއެމް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދަޅުވީ ގާނޫނެއް ހެދިޔަސް އެކަމުން ވާނޭ އެއްވެސް ކަމެއް ނޯންނާނޭ ކަމަށާއި ސަބަބަކީ ރާއްޖޭގެ ޕޮލިޓިސަނުން ނަކީ ވަރަށް ވެލިއުއެއް ނެތް ބައެއްކަމަށެވެ.

އަދި ރާއްޖޭގެ ޕޮލިޓީސަނުންގެ ތެރެއިން އެންމެ 25 ޕަސެންޓު މީހުން ނޫނީ، އަނެއް 75 ޕަސެންޓު މީހުންނަކީ ވަރަށް ވެލިއުއެއް ނެތްބައެއްކަމަށް އުމަރު ވިދާޅުވިއެވެ.

" ގާނޫނެއް ހެދިޔަސް އެކަމުން ވާނޭ އެއްވެސް ކަމެއް ނޯންނާނެ. ސަބަބަކީ ރާއްޖޭގެ ޕޮލިޓިސަނުން ނަކީ ވަރަށް ވެލިއުއެއް ނެތް ބައެއް. ރާއްޖޭގެ ޕޮލިޓީސަނުންގެ ތެރެއިން އެންމެ 25 ޕަސެންޓު މީހުން ނޫނީ، އަނެއް 75 ޕަސެންޓު މީހުންނަކީ ވަރަށް ވެލިއުއެއް ނެތްބައެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ ޕޮލިޓީސަނުންނަށް ދުލަކީ އެއްވެސް އެއްޗެއް ނޫންކަމަށާއި އެގޮތުން ހަމަ ހިތައް އެރީމަ އަރާހާ އެއްޗެއް ބުނެލަން ވީމަ ބުނެލަނީ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު އިތުރަށް ވިދަޅުވީ ރާއްޖޭގައި ސޯސަލް ކޮންޓްރެކް ގާނޫނެއް ހަދަންޔާ އެ ގާނޫނުގެ ދަށުން އެކަންކަން ހުއްޓުވުމަށް ޓަކައި ދޭން ޖެހޭނޭ ބާރަކީ ދޮގުހަދާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅައި މަގާމުން ދުރުކުރުމުގެ ބާރުކަމަށާއި އެހެން ނަމަވެސް މިފަދަ ކަންކަމަކީ މި ގައުމުގެ ހާލަތު މި އޮތްގޮތުން  ވާނޭކަންކަމެއް ނޫންކަމަށެވެ.

"ސޯސަލް ކޮންޓްރެކްޓް ގާނޫނެއް ހަދަންޔާ އެ ގާނޫނުގެ ދަށުން އެކަންކަން ހުއްޓުވުމަށް ޓަކައި ދޭން ޖެހޭނޭ ބާރަކީ ދޮގުހަދާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅައި މަގާމުން ދުރުކުރުމުގެ ބާރު. އެހެން ނަމަވެސް މިފަދަ ކަންކަމަކީ މި ގައުމުގެ ހާލަތު މި އޮތްގޮތުން ވާނޭކަންކަމެއް ނޫން،"އުމަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނެއް ހެދިދާނެ ކަމަށާއި ނަމަވެސް މި ރާއްޖޭގައި އެއަށް އަމަލު ނުކުރެވޭނެކަމަށެވެ. އަދި އެފަދަ ގާނޫނެއް ހަދަންޏާ އެ ގާނޫން ހަދާ ނިމޭއިރު އިންނާނީ ބުދެއްހެން ކަމަށާއި އެ ބުދު އިންނާނީ ގާނޫން ހަދަން ބޭނުންވާ ބަޔަކު ބޭނުންވާ ގޮތަށް ޑިޒައިންކޮށްފައި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް