އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑީން އައްޔަންކޮށްފައިވަނީ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްއާ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ އިތުރުން ޑީން އޮފް ސްޓޫޑެންޓުގެ މަގާމަށެވެ. މީގެއިތުރުން ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމަށްވެސް ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.
ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީނަކަށް އައްޔަންކޮށްފައިވަނީ ކެޕްޓަން މުހައްމަދު ޒައިދެވެ. ސެންޓާފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑީނަކަށް އައްޔަންކުރީ ފާތިމަތު ނާސިހާ އަބްދުލް މުހައިމިންއެވެ. ޑީން އޮފް ސްޓޫޑެންޓްގެ މަގާމަށް އައްޔަންކޮށްފައިވަނީ އާޝިޔާ ލީލާ އަހުމަދެވެ.
ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ސަމާ އިބްރާހިމް ދީދީއެވެ. ސަމާ ވަނީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރުކަން ވެސް ސަމާ ވަނީ އަދާކޮށްފައެވެ.