ads
ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ލަންކާ ނޫސްތަކުން ބުނީ ކުރުސީއަކީ ނަޝީދުކަމަށް، ނަޝީދު ކުރެއްވީ ދޮގު
ސަރުކާރަށް ފާޑުކިޔާ އެތައް ބައެއްގެ ވާހަކަތައް ދައްކަމުން އަންނަ ކާކުކަން ނޭނގޭ އެކްސް އެކައުންޓް ކުރުސީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ލަންކާގެ ނޫހަކުން ތުހުމަތު ކުރުމުން، އެ މަނިކުފާނު އެކަން ދޮގުކުރައްވައިފިއެވެ.
Advertisement

ލަންކާ 'އީ ނިއުސް'ގައި ބުނީ ކުރުސީ އެކައުންޓުން ކުރި ޕޯސްޓަކާއި ގުޅިގެން ލަންކާ  ފުލުހުން ތަހުގީގެއް ހިންގަމުން އަންނަކަމަށެވެ. އެ ތަހުގީގަކީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، މިދިޔަ މަހުގެ 22ގައި ހައްޔަރުކުރުމާ ގުޅިގެން ކުރުސީ އެކައުންޓުން ކުރި ޕޯސްޓެއްގެ މައްސަލައެވެ. 

 ކުރުސީގެ އެ ޕޯސްޓުގައި ވަނީ، ވިކްރަމަސިންހަ ހައްޔަރުކޮށްފައިވަނީ ރައީސް އަނޫރާ ކުމާރު ޑިސަނަޔަކަ އެ މައްސަލައިގެ ފަހަތުގައި ހުންނަވައިގެން ކަމަށާއި ޑިސަނަޔަކައަކީ ކޮރަޕްޓް ބޭފުޅެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ލަންކާ އެ ނޫހުން ބުނީ ކުރުސީ އެކައުންޓު ހިންގަނީ ރާއްޖޭގެ ކުރީގެ ރައީސްކަމާއި މަޖިލީހުގެ ވެސް  ރައީސްކަން ކުރެއްވި އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ މީހެއްކަމަށެވެ. އަދި އެއީ  ބޮމުގެ ހަމަލާއަކުން ސަލާމަތްވި ބޭފުޅެއް ކަމަށްވެސް ސޯޝަލް މީޑިއާގައި މީހުން ތުހުމަތު ކުރާ ކަމަށްވެސް އެނޫހުގައިވެއެވެ. 

އެ ވާގަކަތައް ދޮގުކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރުސީ ހިންގަނީ އެ މަނިކުފާނު ނޫން ކަމަށާއި އެއީ އެމަނިކުފާނާ އެ އެކައުންޓާ ގުޅުމެއް ނުވާކަމަށެވެ. އަދި ރައީސް ޑިސަނަޔަކައާ ގުޅޭ ގޮތުން ކޮށްފައިވާ ޓުވީޓުތަކާ އެ މަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މަނިކުފާނަކީ އަބަދުވެސް ލަންކާއާ ގާތް ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް