ads
ނޭޕާލްގެ ރައީސް ރާމް ޗަންދްރަ ޕުޑެލް
ޒުވާނުންގެ މުޒާހަރާއާ އެކު ނޭޕާލްގެ ރައީސް ވެސް އިސްތިއުފާ ދެއްވައިފި
ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގައި 19 މީހަކު މަރުވި މައްސަލަ ހޫނުވެ އެންމެފަހުން އެ ގައުމުގެ ރައީސް ރާމް ޗަންދްރަ ޕުޑެލް ވެސް އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

މުޒާހަރާ ހޫނުވެ، ޕުރެޝަރު ބޮޑުވުމުން އޮލީގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ހިފެހެއްޓި ހިފެހެއްޓުން ދޫކޮށްލައިފަ އެވެ. އޮލީގެ ސަރުކާރުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. 

އެ ގައުމުގެ ރައީސް އިސްތިއުފާ ދެއްވާފައި މިވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު އިސްތިއުފާ ދެއްވިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

ބޮޑުވަޒީރު ޝަރުމާ އިސްތިއުފާ ދެއްވަން ފުރަތަމަ ދެކޮޅު ހެއްދެވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ސިފައިންގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮރަޕްޝަންގެ މައްސަލައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލަންފެށީ އޮންލައިންކޮށެވެ. ނަމަވެސް މައްސަލަ އިތުރަށް ހޫނުވެ، ބޮޑު މުޒާހަރާއަކަށް ބަދަލުވީއެވެ.

އެކަމުގައި އެތައް ހާސް ޒުވާނުންނާއި ދަރިވަރުން ބައިވެރިވުމުގެ ސަބަބުން މި މުޒާހަރާއަށް ވަނީ 'ޖެން-ޒީ ރިވޮލިއުޝަން' ގެ ނަމުން ނަން ދީފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިސް އިމާރާތް ހުންނަ ސަރަހައްދަށް އެއްވެ، އެ އިމާރާތުގެ ގޭޓުގައި އަލިފާން ރޯކޮށްލާފަ އެވެ. އެހެންވެ ނޭޕާލް ސަރުކާރުން ވަނީ ބަޑި ޖަހައި މީހުން މެރުމުގެ ހުއްދަ ދީ އަމުރެއްވެސް ނެރެފަ އެވެ.

މުޒާހަރާގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 20 މީހުން މަރުވެފައިވާއިރު، 547 މީހުން ވަނީ ޒަހަމްވެފަ އެވެ. ނޭޕާލްގެ ސިވިލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ރަންޖަނާ ނޭޕާލް ވިދާޅުވީ އަނިޔާވި ބައެއް މީހުން ތިބީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެންގޮސްފައި ކަމަށެވެ.

your imageނޭޕާލްގެ ކޮންގްރެސްގެ ބޭރަށް އެއްވެ، ތަކެތީގައި ރޯކުރުން - ފޮޓޯ: ރޮއިޓާސް

ޕްރެޝަރު ބޮޑުވެ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ އިސްތިއުފާ ދެއްވިއިރު ގިނަ މިނިސްޓަރުން ވެސް މިހާރު ވަނީ އިސްތިއުފާ ދެއްވާ ސަރުކާރު ހިންގުމާއި ފެއަށް ޖެހިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ދާހިލީ ވަޒީރު ރަމޭޝް ލެހާކް ވެސް ހިމެނެ އެވެ.

ނޭޕާލްގައި ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް މަނާކޮށްފައި ވާއިރު މިދިޔަ ޖުލައި މަހު އެ ގައުމުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި މުޒާހަރާތައް ހޫނުވެ، 20 މީހަކު މަރުވުމާ ގުޅިގެން ނޭޕާލްގައި މަނާ ކުރި ސޯޝަލް މީޑިއާގެ އެޕްތައް ހުޅުވާލައި، މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ނޭޕާލްގެ ކޮމިއުނިކޭޝަން، އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރިތުވީ ސުބާ ގުރޫންގް ވިދާޅުވީ، ސޯޝަލް މީޑިއާ ސައިޓްތައް މަނާކުރަން ސަރުކާރުން ކުރިން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް