ads
ފީފާގެ ޓީމާ ޕީޖީ އައްބާސް ބައްދަލުކުރެއްވުން
ފީފާގެ ޓީމާ ޕީޖީ އައްބާސް ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ފީގާގެ ވަފްދާ ބައްދަލުކުރައްވައިފިއެވެ.
Advertisement

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދުމަކަށް ފީފާގެ ޓީމާ ޕީޖީ ބައްދަލު ކުރެއްވީ މިއަދު ހޮޓެލް ޖެންގައެވެ. މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފް.އޭ.އެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓް ދެއްވާފައެވެ. 

މި ހިޔާނާތުގެ ސަބަބުން އެފް.އޭ.އެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އެފް.އޭ.އެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން، އެފް.އޭ.އެމްގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފް.އޭ.އެމްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ހިއްސާ ކުރެއްވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަޙުޤީޤުކުރެއްވުމަށް 22 އޮކްޓޫބަރު 2023 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް