ads
ސްރީ ލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާ
ސްރީ ލަންކާގެ އާ ބޮޑުވަޒީރަކަށް ޑރ. ހަރިނީ އަމަރަސުރިޔާ އައްޔަން ކުރައްވައިފި
ސްރީ ލަންކާގެ އާ ބޮޑުވަޒީރަކަށް ޑރ. ހަރިނީ އަމަރަސުރިޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.
Advertisement

ޑރ. ހަރިނީ އަމަރަސުރިޔާ ވެގެން ދާނީ ލަންކާގެ ލަންކާގެ 16 ވަނަ ބޮޑުވަޒީރަށެވެ.

ލަންކާގައި އެންމެ ފަހުން ހުންނެވި ބޮޑުވަޒީރު ގުނަވަރްދަނަ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.

އަނޫރާ، ހުވާ ކުރެއްވުމުގެ ހަފުލާ ބާއްވަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ އިސްތިއުފާ ދެއްވަމުން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަނޫރާގެ އަމިއްލަ ކެބިނެޓެއް އައްޔަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.  

ގުނަވަރްދަނަ އަށް ލަންކާގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 2022 ވަނަ އަހަރުގެ ޖުލައި މަހު ކުރީގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއިރު ބޮޑު ވަޒީރަކަށް ހުންނެވީ މަހިންދަ ރާޖަޕަކްޝަ އެވެ.  

ޑރ. ހަރިނީ މަގާމުގެ ހުވާ ކުރެއްވިއިރު އާ ސަރުކާރަށް މިއަދު ވަނީ ބައެއް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައި ވެ އެވެ.

ޔުނިވާސީޓީގެ ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ޑރ. ހަރިނީ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ބުނީ 2020 ވަނަ އަހަރެވެ.

އުމުރުން 54 އަހަރުގެ ޑރ. ހަރިނީ އަކީ ލަންކާގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ. މީގެ ކުރިން މި މަގާމު ފުރުއްވާފައިވަނީ ސިރިމާވޯ ބަންޑާރަނާއިކަ އާއި ޗަންދްރިކާ ބަންޑާރަނާއިކަ ކުމާރަތުންގާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް