ads
އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި މިރޭ ތަގުރީރު ކުރައްވަނީ
އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ، އިޒްރޭލުން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް: ރައީސް
އިޒްރޭލުން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި އެ ކަންކަމަށް އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަގުރީރުގަ އެވެ.

ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އިންސާނީ ހިދުމަތްދޭ ތަންތަން ސުންނާފަތިކުރަމުންދާ ކަމަށާއި އަދި ތަކުރާރުކޮށް، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން މަރަމުންދާ ކަމަށެވެ.

އިޒްރޭލުގެ މި ޖަރީމާތައް ދުނިޔެ އަށް އިހުސާސް ނުކުރެވިގެން އުޅެނިކޮށް ލުބުނާންގައި އަނެއްކާ އިޒްރޭލުން އެތައް ސަތޭކަ މީހުންނެއް މަރައިލާފައިވާ ކަމަށާއި އެ މީހުންގެ ރުއިމުން އިންސާނިއްޔަތުކަން ހުރި ކޮންމެ މީހަކަށް ވެސް އަސަރުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިޒްރޭލުން ހަނގުރާމަ ކަވަރުކުރަން އުޅޭ ނޫސްވެރިން ގަތުލުކޮށް ހުރަސްއަޅަނީ ޖަރީމާތައް ދުނިޔެ އަށް ފޮރުވުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.

"މި ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން މަރަމުން އެ ހިންގަނީ ޓެރަރިޒަމް ކަމަށެވެ. އެ ކަންކަމަށް ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަކުރާރުކޮށް ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އިންސާނީ ޚިދުމަތްދޭ ތަންތަން ސުންނާފަތިކުރަނީ. ތަކުރާރުކޮށް، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން މަރަނީ،" އެ މަނިކުފާނު ހަރުއަޑުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގައި އެތައް ހާސް މީހުންނެއް މަރަމުން އަންނައިރު ދުނިޔެއަށް އެކަން އިހުސާސް ނުކުރެވިގެން އުޅެނިކޮށް ލުބުނާންގައި އަނެއްކާ އިޒްރޭލުން ސަތޭކަ އެތައް މީހުންނެއް މަރައިލާފައިވާ ކަމަށެވެ.

your imageއދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި މިރޭ ތަގުރީރު ކުރައްވަނީ

މީގެއިތުރުން ރައީސް ވަނީ 1967 ވަނަ އަހަރު ބައިނަލްއަގްވާމީ މުޖުތަމައުން ކަނޑައަޅާފައިވާ ގޮތަށް ބޯޑަރު ބަލައިގަނެ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްއިން ބޭރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ގޮތް ހެދުމަށްވެސް ގޮވާލައްވާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމުގައި މިހާތަނަށް 41،400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް