ads
ކ. ތުލުސްދޫ
ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލެއްއަޅާނެ ބަޔަކު ހޯދަނީ
ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދަން އެ ރަށުން ކައުސިލުން އިއުލާންކޮށްފިއެވެ.
Advertisement

ތުލުސްދޫ ކައުންސިލުން ވަނީ މީގެކުރިންވެސް މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެފަހަރު ކުރިމަތިލީ ފަރާތްތަތަކުން މި މަސައްކަތް ކުރުމަށް އެއްވެސް ފަރާތެއް ހޮވިފައިނުވާކަމަށް ތުލުސްދޫ ކައުސިލުން ބުނެއެވެ. 

ތުލުސްދޫ ކައުންސިލުން ބުނީ އަމިއްލަ ހަރަދުގައި މެނޭޖްކޮށް އޮޕަރޭޓް ކުރުމަށް، 100 އެނދުގެ ހޮސްޕިޓަލަކާއި، މެޑިކަލް ކޮލެޖް އެއް އެޅުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކަށް، އެފަދަ ހޮސްޕިޓަލަކާއި ކޮލެޖް އެއް އެޅުމަށް ބޭނުންވާ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް އެ ކައުންސިލުންވަނީ ނިންމާފައިވާކަމަށެވެ.

މި ކަމަށް އެދޭ ފަރާތްތަކަށް އަންނަ މަހުގެ 13 ވަނަދުވަހުގެ 13:00 ކުރިން ބިޑް ހުށައެޅުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ތުލުސްދޫ ކައުންސިލުން ބުނެއެވެ. އަދި މިއަދި ފެށިގެން އެ ކައުންސިލުން ބިޑް ފޮތް ލިބެން ހުންނާނެކަމަށާއި ބިޑް ފޮތުގައި މި ޕްރޮޖެކްޓާބެހޭ އެންމެހައި މަޢުލޫމާތު (ބިޑް ޕްރޮސެސިން ހިގާނެ ގޮތް) ހިމެނިފައިވާނެކަމަށްވެސް ތުލުސްދޫ ކައުންސިލުން ބުނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/2000 ރުފިޔާކަމަށްވެސް ތުލުސްދޫ ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް