ads
ގިޔާސުއްދީނުގެ ދަރިވަރުން
ދިވެހި ދަރިވަރުން ތައްޔާރުކުރި ރޮބޮޓް ބައިނަލްއަޤްވާމީ މުބާރާތަކަށް
ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ (ޖީއައިއެސް) ދަރިވަރުން ތައްޔާރުކުރި ރޮބޮޓެއް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރުމަށް ގްރީސްގެ އެތެންސްއަށް ފުރައިފިއެވެ. މި ދަރިވަރުން ބައިވެރިވަނީ ފުރަތަމަ ގްލޯބަލް ޗެލެންޖް މުބާރާތުގައެވެ.
Advertisement

ޖީއައިއެސްގެ ރޮބޮޓިކްސް ޓީމުގައި ހިމެނެނީ ގްރޭޑް 9ގެ 5 ދަރިވަރުންނެވެ. އޭގެ ތެރޭގައި 3 ފިރިހެން ދަރިވަރުންނާއި 2 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުންނާއެކު އެ ސްކޫލުގެ 3 އިސްވެރިން ވެސް މި ދަތުރުގައި ބައިވެރިވެއެވެ.

މިއަހަރުގެ ފުރަތަމަ ގްލޯބަލް ޗެލެންޖް އޮންނާނީ މިމަހުގެ 26 އިން 29 އަށް ގްރީސްގެ އެތެންސްގައެވެ. މި މުބާރާތުގައި 190އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވާއިރު، ރާއްޖެ ތަމްސީލްކުރަނީ ޖީއައިއެސް ރޮބޮޓިކްސް ޓީމެވެ.

ފަސްޓް ގްލޯބަލް ޗެލެންޖަކީ އޮލިމްޕިކްސް ސްޓައިލަށް ބާއްވާ ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ގައުމަކަށް ވެސް ރޮބޮޓެއް އުފައްދައި ޕްރޮގްރާމް ކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އެ އުފެއްދުން ބައިނަލްއަޤްވާމީ މައިދާނެއްގައި ދައްކާލުމުގެ ފުރުސަތުވެސް ފަހިވެގެންދެއެވެ.

މި މުބާރާތް އިންތިޒާމްކުރަނީ އެމެރިކާގެ ނޮން-ޕްރޮފިޓް ޕަބްލިކް ޗެރިޓީއެއް ކަމަށްވާ ފަސްޓް ގްލޯބަލްއިންނެވެ. މި ޖަމްއިއްޔާގެ މަގްސަދަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ޒުވާނުންގެ މެދުގައި ސައިންސް އެންޑް ޓެކްނޮލޮޖީ ދާއިރާގައި ލީޑަރޝިޕާއި އިނޮވޭޝަނަށް ހިތްވަރުދީ، ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ.

your imageދިވެހި ދަރިވަރުންގެ ރޮބަޓު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް