ads
އިސްދޫ ސްޓޭޖް ޕްރޮޖެކްޓް ހަވާލުކުރުން
އިސްދޫ ސްޓޭޖަށް ގަވައިދާ ހިލާފަށް މިލިއަނެއްހާ ރުފިޔާ ހަަރަދުކޮށްފި
ލ. އަތޮޅު އިސްދޫގައި ސްޓޭޖެއް ހެދުމަށް މިލިއަނެއްހާ ރުފިޔާ މާލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާކަން އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވައިފިއެވެ.
Advertisement

އިސްދޫ ކައުންސިލްގެ ސޯޝަލް މީޑިއާ ފޭސްބުކް އެކައުންޓުން އެނގޭ ގޮތުގައި އިސްދޫގައި ސްޓޭޖެއް އެޅުމަށް، މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ ހަވާލު ކުރީ، 93 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، -/943,704.00 ރުފިޔާއަށެވެ. މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފާހަގަ ކުރެވުނު ކަންކަން، އޮޑިޓަރ ޖެނެރަލްވަނީ އިސްދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ގުޅިފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ބިޑްތައް ބަލައިގަނެ އިވެލުއޭޓް ކުރުން ހިމެނެއެވެ. މި ޕްރޮރެކްޓްގެ ބިޑް ކާމިޔާބު ކުރި ކުންފުނިން ހުށަހެޅި އަގަށްވުރެ ބޮޑު އަގަކަށް ބިޑް އެވޯޑްކޮށްފައިވަނީ ދެވަނަ އަށް ދިޔަ ބިޑަރަށެވެ. އެކަމަކު އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެއްވަނަ އަށް އަދި ދެވަނަ އަށް ގޮސްފައިވަނީ އެކެއްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހަދާފައިވާ ދެ ކުންފުނިންނެވެ.

ބިޑް ކާމިޔާބު ކުރިކަމަށް ބަޔާންކޮށް 3 މޭއި 2023 ގައި ކައުންސިލްގެ އިދާރާއިން ބިޑް އިވޭލުއޭޝަންގައި އެއްވަނައަށްދިޔަ ފަރާތަށް ސިޓީ ފޮނުވާފައި ވީނަމަވެސް އެފަރާތުން އެވަގުތު ޓެކްސް ކްލިއަރެންސް ލިބެން ނެތުމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތްކަމަށް ބަޔާންކޮށް 3 މޭއި 2023 ގައި ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުވާފައިވެއެވެ.  މިހެންވުމުގެ ސަބަބުން ކައުންސިލްގެ އިދާރާއިން ބިޑް އިވޭލުއޭޝަންގައި ދެވަނައަށް ގޮސްފައިވާ ފަރާތަށް ބިޑް އެވޯޑް ކުރުމަށް ފަހު އެވޯޑް ލެޓަރ 4 މެއި 2023 ގައި ފޮނުވާފައިވެއެވެ. އެހެންކަމުން ފުރަތަމަ ބިޑް ކާމިޔާބު ކުރި ފަރާތުން މަސައްކާތާ ހަވާލުނުވެ ދޫކޮށްފައި ވަނީ ބިޑް އިވޭލުއޭޝަންގައި ދެ ވަނައަށްވެސް ދިޔައީ އެފަރާތުގެ އަމިއްލަ ވިޔަފާރިއަކަށް ވެފައި ބޮޑު އަގުގައި މަސައްކަތް ކުރުމަށް ކަމަށް ބެލެވެވެ.

މި ސްޓޭޖު ޕްރޮޖެކްޓްގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ބެހެއްޓީ ފައިސާ ކައުންސިލް ކައުންސިލަށް ނަގާފައިނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ 10،000 ރުފިޔާއެވެ. އަދި މި ޕްރޮޖެކްޓްގައި ޕަރފޯމަސް ގެރެންޓީއެއްވެސް ނަގާފައިނުވާކަން އޮޑިޓްގައިވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް