މީ ޑޮލަރުން ބަލާނަމަ 213 މިލިއަން ޑޮލަރެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ލޯނުތަކާއި ސޮވެރިން ގެރެންޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދެ ލޯނަކަށް ސަރުކާރުން ވަނީ ގެރެންޓީވެސް ދީފައިވެއެވެ.
މިހާތަނަށް ނަގާފައިވާ ލޯންތައް ދައްކާގޮތުން އެންމެ ބޮޑު އަދަދެއް ނަގަފައިވަނީ ސައުދީ ޑިވޮލޮޕްމަންޓް ފަންޑުންނެވެ. އެ ފަންޑުން ނަގާފައިވާ ލޯންގެ އަދަދު 149 މިލިއަން ޑޮލަރަށް އަރައެވެ.
ސަރުކާރުން މިއަހަރުގެ މިހާތަނަށް ނަގައިފައިވާ ލޯނުތައް
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.
ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.