ads
ލަންކާގެ ޕާލަމެންޓް މެންބަރުންގެ ތަޅުން
ލަންކާގެ ގާނޫނު ހަދާ މަޖިލީސް އިންތިހާބު ނޮމެންބަރު 14 ގައި
ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކައަށް ލިބިވަޑައިގަަންނަވާ ބާރުތަކުގެ ދަށުން އިއްޔެ އުވާލި ގާނޫނު ހަދާ މަޖިލީސްގެ އާ އިންތިހާބު، އަންނަ ނޮވެންބަރު ބާއްވާ ގޮތަށް ނިންމައިފި އެވެ.
Advertisement

ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) އާއި ނޭޝަނަލް ޕީޕަލްސް ޕަވަ (އެންޕީޕީ) ކޯލިޝަންގެ ލީޑަރު އަނޫރާ ޑިސަނަޔަކަ 38 ކެނޑިޑޭޓުން ބަލިކޮށް، 5.6 މިލިއަން ނުވަތަ 42.3 ޕަސެންޓް ވޯޓާ އެކު އިންތިހާބުވީ މަޖިލިސް އުވާލުމުގެ ވައުދާ ވެސް އެކުގަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަނޫރާ ވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނު ހަދާ މަޖިލިސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ގައުމުގެ ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ކުރަންޖެހޭ ކަމެކެވެ.  

225 މެންބަރުން ތިބޭ ގާނޫނު ހަދާ މަޖިލީހުގައި އޭނާގެ ޖޭވީޕީ ތަމްސީލު ކުރައްވަނީ އެންމެ ތިން މެމްބަރުންނެވެ.

އާ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެންބަރު 14 ގަ އެވެ. މަޖިލީހަށް ކުރިމަތިލާން އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިއުލާންކުރާނެ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އުވާލި މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް