ads
ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ ބޭސިކް ފަޔާ ފައިޓާ ކޯސް ނިންމާލައިފި
މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް)އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔާ ފައިޓާ ކޯހުގެ 29 ވަނަ ބެޗް ނިމިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
Advertisement

ކޯހުގެ 29 ވަނަ ބެޗު ކޯސް ނިންމާަފައިވާއިރު 12 ބައިވެރިންނާއެކު ފަޔާ ފައިޓާ ކޯސް ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަަށްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިއީ އެމްއޭސީއެލްއިން އިން ހައުސް ޓްރެއިނިން ބޭނުންކޮށްގެން ކޯސް ކުރިއަށްގެންދާ ފުރަތަމަ ފަހަރުކަމަށް ފާހަގަކޮށް އެ ކުންފުނިން ބުނީ އެކަމުން ހާމަކޮށްދެނީ އެމްއޭސީއެލްގެ އިންހައުސްޓްރެއިނިންގެ ގާބިލްކަން އިތުރުވެފައިވާ މިނިްވަރުކަމަށެވެ. އަދި ރާއްޖޭގެ ޓެކްނިކަލް ދާއިރާތަކުގައި މީހުން ބިނާ ކުރުމަށް އެމްއޭސީއެލްއިން ދޭ އަހައްމިޔަތު ވެސް އެ ޓްރެނިން އިން ހާމަކޮށްދޭކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކޯސް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެމްއޭސިއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ވިދާޅުވީ ކޯސް ފުރިހަމަކަމާއެކު ނިމިގެން ދިޔުމުން އެނގިގެންދާނީ އެމްއޭސީއެލްގެ އިންހައުސް ޓްރެއިނިންގެ ނިޒާމްގެ ހަރުދަނާކަންކަމަށެވެ. އަދި ދެމެހެެއްޓެނިވި ގޮތެއްގައި މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރިނުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން މަސައްކަތް ކުރާނެކަމަށްވެސް ޑިއެމްޑީ ވިދާޅުވިއެވެ.

ބޭސިކް ފަޔާ ފައިޓާ ކޯހަކީ އޭވިއޭޝަން ސޭފްޓީއަށް މުހިއްމު ކޯހަކަށްވާއިރު ފަޔާ ފައިޓަރުން ފަޔާ ފައިޓަރުންނަށް ކުއްލި ހާލަތްތަކާއި ކުރިމަތިލާން މި ކޯހުން ހުނަރު ލިބިގެންދާނެކަމަށް އެމްއޭސިއެލްއިން ބުނެއެވެ.

މޯލްޑީވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ފާސްކޮށްފައިވާ ބޭސިކް ފަޔާ ފައިޓާ ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އެއާޕޯޓް ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަަކަށް ރައްދު ދިނުމަށް ފަޔާ ފައިޓަރުން ތަމްރީން ކުރާ ކޯހެކެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕމަންޓް ޔުނިޓުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފޯރުކޮށްދެއެވެ.

އެގޮތުން އެމްއޭސިއެލްއިން މިއަހަރުގެ ޖޫންމަހު ވަނީ ޒަމާނީ ޓެކްނޮލޮޖީތަކުން ތައްޔާރުކޮށްފައިވާ އައު ފަޔާ ސްޓޭޝަނއެއް އިފްތިތާހުކޮށް ކުއްލި ހާލަތްތަކުގައި އަވަސް ރައްދު ދިނުމުގެ ގާބިލްކަން އިތުރުކޮށްފައިކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. އަދި އެމްއޭސީއެލްއިން މަސައްކަތްކުރަމުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށް ޕަސިންޖަރުންނަށް ޒަމާނީ ހިދުމަތަތަކެއް ފޯރުކޮށްދިނުމަށްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް