މިއަހަރު ތެރޭ 50 ކައުންސިލް އިދާރާ އިމާރާތްކުރައްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު އަތޮޅުތެރެއަށް ކުރެއްވި ފުރަތަަމަ ދަތުރުފުޅުގެ ތެރެއިން ހދ. މަކުނުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި އިމާރާތްތައް އަޅައިދެނީ ޗައިނާ ސަރުކާރުންކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަމަަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިހާރު އިއުލާންކޮށްފައިވާ 50 ރަށުގެ ކައުންސިލް އިމާރާތުގެ ރަސްމީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަަމަށެވެ. އަދި މި ތަންތަނަކީ ޗައިނާ ސަރުކާރުގެ އެހީގައި ހަދާ ތަންތަނަށްވުމުން އެތަންތަނުގެ ޕްރޮޕޯޒަލްތައް އެ ގައުމަށް މިހާރު ފޮނުވާފައިވާކަމަށެވެ.
50 ކައުންސިލް އިދާރާ އަލަން ހަަމަޖެހިފައިވާ ރަށްތައް:
- ހއ އަތޮޅު: ވަށަފަރު، އިހަވަންދޫ، ދިއްދޫ
- ހދ އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
- ށ އަތޮޅު: ފޭދޫ، ކޮމަންޑޫ، ގޮއެދޫ، ނަރުދޫ
- ނ އަތޮޅު:ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
- ރ އަތޮޅު: ވާދޫ، ހުޅުދުއްފާރު
- ބ އަތޮޅު: ކަމަދޫ، ކުޑަރިކިލް، ފެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
- ޅ އަތޮޅު: ކުރެންދޫ
- ކ އަތޮޅު: ހިއްމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
- އދ އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށީ
- މ އަތޮޅު: މުލި، ދިއްގަރު، މުލައް
ފ އަތޮޅު: ފީއަލި
ދ އަތޮޅު: ހުޅުދެލި، ބަނޑިދޫ
ތ އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނި، ގުރައިދޫ، ވޭމަންޑޫ
ލ އަތޮޅު: މާބާދޫ، ކުނަހަންދޫ، މާވަށް
ގއ އަތޮޅު: މާމެންދޫ ، ނިލަންދޫ
ގދ އަތޮޅު: މަޑަވެލި
މި 50 ކައުންސިލްތަކުގެ އިތުރުން ދައުލަތުގެ ޕީއެސްއައިޕީގެ ދަށުން 55 ކައުންސިލް އިމާރާތްކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.