ads
ވެލެންސިޔާ ގައުމީ ތަށި ހޯދި ފަހަރެއްގައި
ވެލެންސިޔާގެ ސަސްޕެންޝަން އުވާލައިފި
އެފްއޭއެމުން ކްލަބު ވެލެންސިޔާ ސަސްޕެންޑް ކުރަން ނިންމާފައި އޮތް ނިންމުން، ނޯމަލައިޒޭޝަން ކޮމިޓީން އުވާލައިފިއެވެ.
Advertisement

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި މި އަހަރުގެ މާޗު މަހު އެ އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީން ކްލަބް ވެލެންސިއާ ސަސްޕެންޑްކުރީ އުސޫލުން ބޭރުން ކަމަށް ނިންމައި، ނޯމަލައިޒޭޝަން ކޮމިޓީން އެ ސަސްޕެންޝަން އުވާލިކަންވަނީ ކަށަވަރު ކުރެވިފައެވެ. އެހެންނަމަވެސް އެކަމުގެ ރަސްމީ މައުލޫމާތު ނޯމަލައިޒޭޝަން ކޮމިޓީން އަދި މިހާތަނަށް ރަސްމީކޮށް އާއްމުކޮށްފައެއް ނުވެއެވެ.

ވެލެންސިއާ އަކީ، ބައްސާމް އެއް ދުވަސްވަރެއްގައި ހިންގި އަދި އަބަދުވެސް އޭނާގެ އާއިލީ ކްލަބެކެވެ. އެ ކްލަބަށް އަދަބު ދިނީ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމަށް ތާއީދުނުނުކުރުމުންނެވެ.

ރާއްޖޭގެ ބޮޑު ތިން ކްލަބުގެ ތެރޭ ހިމެނޭ ވެލެންސިއާ އޭރު ސަސްޕެންޑްކުރުމުން އެ ކްލަބުގެ ޔޫތު ޓީމުތަކަށް މުބާރާތްތަކުގައި ވާދަކުރަން ދަތިތަކާ ކުރިމަތިވި އެވެ. އަދި އެފްއޭއެމުން ދަނޑު ދިނުން ހުއްޓާލުމުން ޕްރެކްޓިސް ވެސް މެދުކެނޑުނެވެ. އޭގެ ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހަރަކާތެއް ބާއްވާފައިނުވާތީވެ، އެ ކްލަބުގެ މައި ޓީމަށް ސަސްޕެންޝަނުގެ އަސަރެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް