ޕޮލިސް ކުލަބުގެ ކޯޗަކަށް ސޮފްވާން ހަމަޖެއްސިއިރު، މި މަހު ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ސޮފްވާންގެ އިރުޝާދުގެ ދަށުން ގައުމީ އަންހެން ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ މުބާރާތުގެ ފައިނަލް މެޗުގައި ކިރްގިސްތާނު އަތުން ރާއްޖެ ބަލިވީ ފަސް ސެޓަށް ކުޅެގެންނެވެ. ޕޮލިސް ކުލަބުގެ ކޯޗުގެ މަގާމުގައި ހުރީ ޒުވާން ގައުމީ ޓީމުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.
ފައްލޯ ވަނީ ޕޮލިސް ކުލަބުގެ ކޯޗުގެ މަގާމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ. އެކަމަކު ދާދި ފަހުން ނިމިގެންދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި ފައްލޯގެ އިރުޝާދުގެ ދަށުން ޕޮލިސް ކުލަބަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ހަ ޓީމު ވާދަކުރި މުބާރާތުގައި ޕޮލިސް ކުލަބަށް ލިބުނީ ފަސްވަނައެވެ.