ads
ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި މެހެމާނެއްގެ ގޮތުގައި އެ ޔުނިވާސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
އިންޑިއާ އާ މައްސަލައެއް ނެތް، ބޭނުން ނުވީ ސިފައިން ތިބެން: ރައީސް
އިންޑިއާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެހެންނަމަވެސް ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ނޭދޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޑރ. މުއިއްޒި މިހެން ވިދާޅުވީ މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުގެ ތެރެއިން ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި މެހެމާނެއްގެ ގޮތުގައި އެ ޔުނިވާސިޓީގައި ރޭ ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް އެއްވެސް އިރެއްގައި ނުގެންގުޅުވާކަމަށެވެ. އެހެންނަމަވެސް ދިމާވި މައްސަލައަކީ ދިވެހިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވުންކަމަށެވެ.  

ރާއްޖޭގައި ގާއިމްވެ ތިބި 77 ސިފައިންނަކީ ގިނަ އަދަދެއް ނޫން ކަން ފާހަގަކުރައްވަމުން ރައީސް  ޑރ. މުިއއްޒު ވިދާޅުވީ ބޭރުގެ އެންމެ ސިފައިންގެ މީހަކު ގައުމުގައި ހުރުމަށްވެސް ދިވެހި ރައްޔިތުން ނޭދޭކަމަށެވެ. 

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދާ އެއްގޮތަށް، އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާފައިވާކަމަސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި އެ ގައުމުން މިހާރު ފޮނުވާފައި ތިބީ ސިވިލިއަނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ފުރައްސާރަކުރުމުން  އެ މައްސަލާގައި އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުއްވިކަމަށެވެ. 

ރައީސް ޑރ. މުއިއްޒުގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވާސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވާޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދައުވަތަކަށް، "ޑީންސް ލީޑާޝިޕް ސީރީޒް" ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި ޑީން އަމާނީ އޭ. ޖަމާލްއާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް