ads
ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު - ފޮޓޯ: މިހާރު
ރާއްޖޭގެ އިންތިހާބުތައް ނިމިގެން ދަނީ ފައިސާ އާއި ނުފޫޒުގެ މައްޗަށް: އާޒިމާ
ރާއްޖޭގަ ބާއްވާ އިންތިހާބުތައް ނިިމިގެން ދަނީ ވައުދުތަކުގެ މައްޗަށް ކަމަށް ގަބޫލުނުކުރެވޭކަމަށާއި އިންތިހާބުތައް ނިމިގެން ދަނީ ފައިސާއާއި ނުފޫޒުގެ މައްޗަށް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ވާ ވައުދުތަކާއި އަހުދުތައް ނުފުއްދަވާ ކަމަށް ގަބޫލުކުރައްވަންތޯ، "ސީއެންއެމް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އާޒިމާ ވިދާޅުވީ އިންތިހާބުތަކާއި ދިމާކޮށް ސިޔާސީ ފަރާތްތައް ވަށައިގެން ފޮލޯކުރުމުގެ ސަގާފަތެއް މި މުޖުތަމައުގެ ތެރޭގައި އުފެދި، އެ ބޭފުޅުން ވަށައިގެން ރައްޔިތުން ފޮލޯކުރަމުން ގެންދާ ކަމަށް ގަބޫލުކުރެވޭކަމަށެވެ.

ކަންމިހެން އޮތުމުން ވާގޮތަކީ އެބަޔަކު ތާއީދުކުރާ ސިޔާސީ ޕާޓީއަކުން ވާ ވައުދުތައް، ނުވަތަ ދައްކާ ވާހަކަތައް ވާނެކަމަށް ރައްޔިތުން ބްލައިންޑްލީ ގަބޫލުކުރަނީ ކަމަށާއި ނަމަވެސް އިންތިހާބުތައް ނިމިގެން ދަނީ ހަމައެކަނި ވައުދުތަކުގެ މައްޗަށް ކަމަށް ގަބޫލުނުކުރެވޭކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގެ އިންތިހާބުތައް ނިމިގެން ދަނީ ފައިސާއާއި ނުފޫޒުން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށެވެ. އަދި އެގޮތުގެ މަތިން އިންތިހާބުތައް ނިމިގެން ދާކަމަށް ވާނަމަ މި ވިދާޅުވާ އުސޫލުތައް ގާއިމް ކުރަން އުނދަގުވާނޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގައި އުފެދިފާ އޮތް އެއް އުސޫލަކީ ތަކުރާރުކޮށް ވަކި މީހެއްގެ ފަހަތުން މީހުންވަށައިގެން އެބުރުން ކަމަށާއި ނަތީޖާ އަކީ ސިޔާސީ އެއް ބަޔަކަށް ތާއީދުކުރެވި އެމީހުން ތަކުރާރު ކުރާ ގޯސް ވެސް ރަނގަޅެއް ކަމަށް ދައްކަން މަސައްކަތް ކުރުން ކަމަށެވެ. 

އާޒިމާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މިފަދަ ކަންކަމުގެ ތެރޭގައި މި އޮންނަ ފައިސާއާއި ނުފޫޒާއި ކޮރަޕްސަން ފަދަ ކަންކަމަށް ހައްލެއް ނުލިބޭހާ ދުވަހަކު، ލިޔެވޭ އުސޫލެއް ނުވަތަ އެކުލަވާލާ ގާނޫނީ އޮނިގަނޑަކުން އެއްވެސް ހައްލެއް އަދި ލިބިދާނެކަމަކަށް ގަބޫލުނުކުރައްވާކަމަށެވެ. 

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިންތިހާބުތައް މުޅިއެކުން ނިމިގެން ދަނީ ވައުދުތަކެއްގެ މައްޗަށް ކަމަކަށް. އަޅުގަނޑަށް ހަމަ ބޮޑަށް ގަބޫލުކުރެވެނީ ފައިސާއާއި ނުފޫޒުގެ މައްޗަށް ކަމަސް އިންތިހާބުތައް ނިމިގެން ދަނީ. އެހެންވީމަ އެގޮތުގެ މަތިން އިންތިހާބުތައް ނިމިގެންދާކަމަށް ވަނީނަމަ، އުނދަގޫވާނެ ދެއްތޯ، ތިވިދާޅުވާ އުސޫލުތަކެއް ގާއިމްކުރަން." އާޒިމާ ވިދާޅުވި އެވެ.

މިކަމުގެ މިސާލު ޖައްސަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ފަރާތްތަކުން އެބޭފުޅުން ވެވަޑައިގަންނަވާ ވައުދުތައް ތަންފީޒުވޭތޯ، ނުވޭތޯ ނުބަލާކަމަށާއި މިފަދަ ކަންކަމުގައި މި ހިނގަނީ ފައިސާއާއި ނުފޫޒުގެ ބާރުކަމަށް ގަބޫލުކުރައްވާކަމަށެވެ. 

އާޒިމާ ވިދާޅުވީ މިހާރުވެސް އޮންނަނީ ގާނޫނާއި ގަވައިދު މުހިންމު ނުވުމުގެ ސަގާފަތެއް ކަމަށާއި ކަންކަން ރަނގަޅުނުވުމުގެ އަސްލަކީ ސޯޝަލް އޯޑަރ ބްރޭކްވުންކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ގިނަފަހަރު ގޯހެއް ހިނގަނީ ގާނޫނީ އުސޫލުތަކެއް ނެތިގެން ނޫން ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް