ރޮޑްރީއަށް އަނިޔާވީ އާދީއްތަ ދުވަހު އާސެނަލްއާ 2-2 އިން ސިޓީ އެއްވަރުވި މެޗުގައެވެ.
އާސެނަލްގެ ތޯމަސް ޕާޓޭ އާއެކު ބޯޅައެއް ހޯދުމަށް އުޅުމުގެ ތެރޭގައި އޭނާގެ ފަޔަށް އަނިޔާވެ ވެއްޓުންތަން ފެނިގެންދިޔައެވެ. އެއާއެކު މެޗުގެ 21ވަނަ މިނެޓުގައި އޭނާ ބަދަލުކުރިއެވެ.
ސިޓީއާ އެކު ޕްރިމިއާ ލީގާއި، ސްޕެއިނާ އެކު ޔޫރޯ ކާމިޔާބުކުރި ރޮޑްރީ އަކީ މި އަހަރު ބެލޮންޑިއޯ ލިބޭނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ އަނިޔާއާ ދުރު ކުޅުންތެރިއެކެވެ. ނަމަވެސް މި ފަހަރު ކުރިމަތިވީ ވަރަށް ސީރިއަސް އަނިޔާއެކެވެ.