ރައީސް ޔާމިންގެ ކެބިނެޓުގައި ވެސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރުގެ ވެސް މިނިސްޓަރު ތޯރިގު މިހެން ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ އދ. ގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
ތޯރިގު ވިދާޅުވީ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެއް ފަހަރަކު ވެސް އދ. ގެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ކަމަށާއި، ބައިނަލްއަގްވާމީ ފޯރަމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަމެއް ނުދައްކަވާ ކަމަށެވެ. ރައީސް ޔާމިން ބައިވެރިވެ ވަޑައިނުގަންވާ މުހުންމު ބައްދަލުންތަކުގެ ތެރޭގައި، އެމަނުކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު ދުނިޔޭގެ ލީޑަރުން އެސްޑީޖީ އަދި ޕެރިސް އެގްރީމެންޓަށް އެއްބަސްވި ބައްދަލުވުން ވެސް ހިމެނޭ ކަމަށް ތޯރިގު ފާހަގަކުރެއްވިއެވެ.
ތޯރިގު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒަކީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދެއްކެވި ފުރަތަމަ ދިވެހި ރައީސް ކަމަށާއި، މިކަމާ ފަހުރުވެރިވާ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރައީސް މުޢިއްޒުގެ ދަށުން އެންމެންގެ ފައިދާއަށް މަސައްކަތްކުރާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
އދ އަށް ކުރެއްވި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމިން ވަނީ ފާޑުވިދާޅުވެފައެވެ.
ރައީސް މުއިއްޒު އދ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ މިއަދުއެވެ.