މިއަދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 1988 އާ ހަމައަށް ޝާއިޢުކުރެވިފައިވަނީ 10 ވަރަކަށް ދިރާސާއެވެ.، 2016-2017 ގައި މި އަދަދު 100 އާ ކައިރިކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 250 އަށްވުރެ ގިނަ ސައިންޓިފިކް ކަރުދާސް ޝާއިޢުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވީ މި ދިރާސާތަކުގެ ފެންވަރާ މެދުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ ދިރާސާތަކަށް އެހެން ފަރާތްތަކުން ހަވާލާދީފައި ނުވުން ފަދަ މައްސަލަތައް ދިމާވެފައި އެބަހުއްޓެެވެ. މީގެ އިތުރުން، ސައިންސް، ހިސާބު އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުން ކުރެވޭ ދިރާސާތަކުގެ އަދަދު އިތުރުކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ނެޝަނަލް ރިސާރޗް ފަންޑު ޤާއިމުކުރެވުމުން މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.