ads
އެޗްޑީސީގެ މެޗެއްގެ ތެރެއިން
ގަދަ 16 ގެ ތެރެއަށް އެފްއެސްއެމްއާ އެޗްޑީސީ
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ މި އަހަރުގެ މުބާރާތުގެ ގަދަ 16 ގެ ތެރެއަށް އެފްއެސްއެމްއާ އެޗްޑީސީ ވަދެއްޖެއެވެ.
Advertisement

އި ރޭ ކުޅުނު މެޗުތަކުން މޮޅުވެ،ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެފައިވަނީ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ޔަގީންކުރި ފުރަތަމަ ދެ ޓީމަށެވެ. ގްރޫޕް އޭގައި އެޗްޑީސީން ކުޅުނު ދެ ވަނަ މެޗުގައި ރޭ އެލައިޑް އަތުން މޮޅުވީ 2-1 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ އާސަންދަ އަތުން 4-1 އިން ކްލަބް ފެން ވަނީ މޮޅުވެފަ އެވެ.

ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އެޗްޑީސީ އޮތްއިރު، ދެ ވަނައިގައި އޮތް ފެން އާއި ތިނެއްގައި އޮތް އާސަންދަ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެލައިޑަށް އަދި ޕޮއިންޓެއް ނުލިބޭއިރު، އެ ޓީމަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރެއް ނެތެވެ.

ގްރޫޕް ބީގައި އެފްއެސްއެމް އިން ދެ ވަނަ މޮޅު ހޯދީ ރޭ 5-3 އިން ބަރޮސް މޯލްޑިވްސް ބަލިކޮށްގެންނެެވެ. އަދި މި ގްރޫޕްގެ އަނެއް މެޗުން، ކްލަބް ޓީޓީއެސް އާއި އެމްއޭސީއެލް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އެފްއެސްއެމް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީޓީއެސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެމްއޭސީއެލް އަށް އެއް ޕޮއިންޓް އަދި ބަރޮސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް