ހާފް މެރަތަންގެ އެއްވަނަ، ހދ. ކުޅުދުއްފުށީ، އަހުމަދު އަލީ ހޯދިއިރު، ދެވަނައަށް ދިޔައީ ހއ. ހޯރަފުށީ އަހްމަދު ހާމީއެވެ. އަދި ތިންވަނައަށް ދިޔައީ ކުޅުދުއްފުށީ އަލީ އަހްމަދެވެ. އެއްވަނައަށް ދިޔަ އަހްމަދު އަލީ ރޭސް ނިންމީ 01:30:56 އިންނެވެ.
މި ތިން އެތްލީޓުންނަކީވެސް އައިރަނާސްގެ ކޯޗު ހުސައިން ޝުޖާއުގެ ކޯޗު ކަމުގެ ދަށުން ދުވާ އެތްލީޓުންނެވެ.
މި ފަހަރުގެ ލާމު މެރަތަންގައި 500 ބައިވެރިން ރަޖިސްޓްރީ ވެފައިވެއެވެ. ލާމު މެރަތަންގެ މެއިން ސްޕޮންސަރަކީ ޗައިނާގެ ޒިއަމެން ސްޕޯޓްސް އެވެ. މި މެރަތަންގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ސްޕޯޓްސް މިނިސްޓަރު އަބްދު ﷲ ރާފިއު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން އާއި ޗައިނާ އެމްބަސީގެ ޑިޕްލޮމެޓިކުން އަދި ޒިއަމެންގެ މަންދޫބަކު ބައިވެރިވެވަޑައިގެންނެވި އެވެ.