މިނިސްޓަރު މިކަން ހާމަކުރެއްވީ ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުމާ ގުޅިގެން ބޭއްވުނު ޖަލްސާއެއްގައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 30 އަހަރުގެ ކުރިން އެކުލަވާލެވުނު މި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެކެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ޑައިވިންގ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިސްލާހުތަކުގެ މަގްސަދަކީ ޑައިވިން ގަވާއިދު ޒަމާނީ ކުރުމާއެކު، އަވަސް އަވަހަށް ބަދަލުކުރަން ނުޖެހޭ ފަދަ ދެމެހެއްޓެނިވި ގޮތަކަށް އެކުލަވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.