ads
ގޭންގުތައް އުޅޭ ސަރަހައްދުގައި ފުލުހުން ފޯރިމަރަމުން ގެންދާނެ: ސީޕީ
ގޭންގް ކުށްތަކާ ދެކޮޅަށް މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

ފުލުހުންގެ އޮނިގަޑަށް ދާދީ ފަހުން ގެނައި ބަދަލާއި އެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ވަނީ ގާއިމުކޮށް މަސައްކަތް ވަނީ ފަށާފައެވެ. 

މި މަސައްކަތާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރައްވަމުން ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މި ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާއާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރާނެކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ މި ބަހާތަކުންވެސް މޮނިޓަރުކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތް ކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުންވަގުތައް ނިންމުމުގައި މިހާރު އަވަސްވާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

" މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ." ކޮމިޝަނަރު ޝުޖާއު ވިދާޅުވިއެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ، ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމަށާއި އިންސާނީ ވަސީލަތުގެ ބޭނުން  އެންމެ ފުރިހަމައަށް ހިފުން. ފުލުހުން ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުންކަމަށްވެސް ސީޕީ ވިދާޅުވިއެވެ.  

" އަޅުގަނޑު ބޭނުންވަނީ މި ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރުން. އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވުން." ސީޕީ ވިދާޅުވިއެވެ.

އަތޮޅު ތެރޭގަވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މޮޑެލްއަށް ގެންދަނީ އަމަލުކުރަމުންކަން ފާހަގަކުރައްވަމުން ސީޕީ ޝުޖާއު ވިދާޅުވީ ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ޕޮޒިޓިވް ފީޑްބެކްވެސް ލިބެމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ހިޔާލަކީ ބަލައިގަންނާނެ އެއްޗެއްކަމަށްވެސް ސީޕީ ޝުޖާއު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް