ފުލުހުންގެ އޮނިގަޑަށް ދާދީ ފަހުން ގެނައި ބަދަލާއި އެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކީ ހާއްސަ ވިންގެއް ވަނީ ގާއިމުކޮށް އެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
ގޭންގް ކްރައިމް އެންފޯސްމަންޓުން މިދިޔަ އަށް މަހު ކޮށްފައިވާ މަސައްކަތުގެ ތަފާސް ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އޮގަސްޓްމަހުގެ 31 ގެ ނިޔަލަށް ގޭންގު ކުށްތަކުގައި ހިމެނޭ 67 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން 22 މީހަކު ފުލުހުންހެ ހައްޔަރުގައި ހުރިއިރު 15 މީހަކު ހުރީ ރިމާންޑް ޖަލުގައި ބަންދުކޮށްފައިކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އަދި 30 މީހަކު ބަންދުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ގޭންގް ކްރައިމް އެންފޯސްމަންޓުން ކުރި މަސައްކަތް
ފުލުހުން ބުނީ ގޭންގް ކްރައިމް އެންފޯސްމަންޓުން މިދިޔަ އަށް މަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުގައި ކުރަހާފައި ހުރި 37 ގްރެފިޓީއެއް ފޮހެލާފައިވާކަމަށެވެ. އަދި ދެ ސަރަހަދެއްގަައި ހުރި ގޮނޑި އަދި މޭޒުތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.