ރާއްޖޭގެ ރާއްޖޭގެ 48 ސެންޓަރެއްގައި މި އިމްތިހާނު ކުރިޔަށްދާނެއެވެ. މިއަހަރުގެ އިމްތިހާނުގައި އެޗްއެސްސީ އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނު ހިމެނޭ ގޮތަށް 4،293 ކުދިން އިމްތިހާނު ހަދާނެއެވެ.
އެޗްއެސްސީ އިމްތިހާނުގައި މި އަހަރު ބައިވެރިވީ 1،663 ކުދިންނެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ކުދިން، އިށީނައިރު ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވީ 443 ކުދިންނެވެ.
ކެމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް ކުރިޔަށް ދާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 14 އިގެ ނިޔަލަށެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުތައް އަންނަ މަހުގެ 8 ފަށާ ނިމެނީ 31 ގައެވެ.