ads
އަރުޖުން އަދި އޭނާގެ އަނބިމީހާ ނޭހާ
ދުވަހަކުވެސް ރާއްޖެ ނުދާނެކަމަށް ބުނުމަށްފަހު، އަނބިމީހާއެކު ރާއްޖޭގައި
މަޝްހޫރު ބޮލީވުޑް އެކްޓަރު އަރުޖުން ބިޖްލާނީ އާއި އޭނާގެ އަންހެނުން ނެހާ ސްވާމީ މިހާރު ދިވެހިރާއްޖޭގައި ޗުއްޓީއެއް ހޭދަކުރަމުންދާކަން އެނގިއްޖެ އެވެ. މިއީ އަރުޖުން ބިޖްލާނީ ކުރިން ދިވެހިރާއްޖެއަށް ދަތުރު ނުކުރާނެ ކަމަށް ބުނުމަށްފަހު އައި ޗުއްޓީއެކެވެ.
Advertisement

މި އަހަރުގެ ކުރީކޮޅު، ލަކްޝަދްވީޕް-ދިވެހިރާއްޖެ މައްސަލައިގައި، އަރުޖުން ބިޖްލާނީ އާއި އެހެން ގިނަ ބޮލީވުޑް ތަރިން ވަނީ އިންޑިއާގެ ރަށްތަކަށް ދަތުރުކުރުމަށް ހިތްވަރުދީ، ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާފަ އެވެ.

އޭރު އަރުޖުން ބިޖްލާނީ ވަނީ "ނަ މޯލްޑިވްސް ކަބީ ގަޔާ ތާ އޯރް ނަ އަބް ޖާއޫންގާ" (ކުރިން ދިވެހިރާއްޖެއަށް ގޮސްފައި ނުވާނެ އަދި މީގެ ފަހުންވެސް ނުދާނަން) މިފަދައިން ބުނެފަ އެވެ.

ނަމަވެސް، މިހާރު އަރުޖުން ބިޖްލާނީ އާއި ނެހާ ސްވާމީ ވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓްގައި ދިވެހިރާއްޖޭގެ މަންޒަރުތަކެއް ޝާއިއުކޮށްފަ އެވެ. މި ފޮޓޯތަކުގައި އެ ދެ މީހުން ދިވެހިރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށުގެ މަންޒަރުތަކުގައި އުފާވެރިކަމާއެކު ތިބި ތަން ފެނެ އެވެ.

މި ކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އަރުޖުން ބިޖްލާނީގެ މި އަމަލާމެދު ފާޑުކިޔާފައެވެ. ނަމަވެސް، ބައެއް މީހުން ބުނާ ގޮތުގައި މިއީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވުމުގެ ނަތީޖާއެކެވެ.

އަރުޖުން ބިޖްލާނީ މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް