މިއަދު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ފޮރިން މިިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި ޑރ. ހަލީލް މިހާތަނަށް ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގަ އެވެ. މިއަދު ހެލްތު މިިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގަ އެވެ.
ތިން މިނިސްޓްރީގެ މިނިސްޓަރު ކަމަށް ބަދަލު ގެންނަވައި މަގާމުގެ ހުވާ ކުރެއްވި އިރު ވެސް މިހާތަނަށް ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު ބަދަލުުކުރި މަގާމެއް ނުވަތަ މިނިސްޓްރީއެއް އަދި ސާފެއް ނުވެއެވެ.
ކެބިނެޓަށް ގެނައި ބަދަލާއި އެކު ވަޒީރުން ހުވާކުރައްވަނީ
މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ކެބިނެޓަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މ ބަދަލުތައް ކެބިނެޓަށް ގެނައި ސަބަބެއް ސާފެއް ނުވެއެވެ.