ads
ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރުމުން ބޭރު ފައިސާގެ މައްސަލައަށް ހައްލެއް ލިބޭނެ: ނާޒިމް
ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވުމަކީ ބޭރު ފައިސާގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

މި ވާހަކަ ނާޒިމް ދެއްކެވީ ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ބޭރު ފައިސާގެ މައްސަލައަކީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤްތިސާދީ ގޮންޖެހުންތަކުގެ ތެރެއިން އެއް މައްސަލައެވެ.

your imageރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް 

"ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުން ދަރިވަރުންނަށް ދިރިއުޅުމުގެ ހަރަދުތަކާއި ކޯސް ފީގެ ބޮޑު ބައެއް ސަލާމަތްކުރެވޭނެ. މިއީ ބޭރަށް ދާ ފައިސާ މަދުކުރުމަށް ލިބޭނެ ބޮޑު ފުރުސަތެއް،" ކަމަށް އޭނާ ވިދާޅުވިއެވެ.

މަތީ ތައުލީމުގެ ސިޔާސަތުތައް އަލުން ބައްޓަންކުރުމުގެ މުހިންމުކަން ނާޒިމް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހިންގާ ބޭރުގެ ކޯސްތަކާއި، ބޭރު ގައުމުތަކުގައި ކިޔެވުމަށް ދެވޭ ސްކޮލަރޝިޕްތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ކަންކަމުގައި ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ނާޒިމް ދެއްވިއެވެ. ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ތަރައްގީކުރުމަށް ޕްރޯއެކްޓިވް ސިޔާސަތެއްގެ މުހިންމުކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ފަންޑުކުރުމާއި ހިލޭ ޑިގްރީ ޕްރޮގްރާމްތަކަށް ފައިސާ ދިނުމުގައި މިފަދަ ސިޔާސަތެއް ގެންގުޅުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮލެޖުތައް ޔުނިވަރސިޓީތަކަށް ބަދަލުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި، މި ބިލުގެ މަސައްކަތް ނިމުމުން ވިލާ ކޮލެޖު ވެސް ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް