ads
ޖެނިފާ ލޯރެންސް
ޖެނިފާ ފިލްމުކުޅުން ހުއްޓާލާ ސަބަބު ހާމަކޮށްފި
އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު އެކްޓްރެސް ޖެނިފާ ލޯރެންސް، ފިލްމީ ދާއިރާއިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އެކްޓިންއާ ދުރުވާން ވިސްނި ސަބަބު ހާމަކޮށްފިއެވެ.
Advertisement

މީޑިއާތަކާ ވާހަކަ ދައްކަމުން ލޯރެންސް ބުނީ، އޭނާ އެކްޓިން ދާއިރާ އެއްކޮށް ދޫކޮށްލުމާމެދު ވިސްނި ކަމަށެވެ.

ލޯރެންސް އިތުރަށް ބުނީ އޭނާ އެގޮތަށް ވިސްނީ 'ބާންއައުޓް' ވުމުގެ ސަބަބުން ކަމަށާއި، އަދި އެކްޓިންއިން ބޭރުގައި އާންމު ދިރިއުޅުމެއް އުޅެން ބޭނުންވި ކަމަށެވެ. ހޮލީވުޑް ދޫކޮށްލުމުގެ ހިޔާލާ މެދު ހިތްހަމަޖެހިގެން ހުރި ނަމަވެސް، ހަގީގަތުގައި އެކަން ކުރަން ޖެހުނުނަމަ ވަރަށް ދެރަވީސް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، ދެ އަހަރުގެ ބްރޭކަކަށް ފަހު ލޯރެންސް މިހާރު ދަނީ އޭނާގެ އާ ފިލްމަށް ތައްޔާރުވަމުންނެވެ. އޭނާގެ އެންމެ އާ ފިލްމު 'ޑައި މައި ލަވް' މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް