ޒާޔާގެ އިތުރުން ދެން ޕޮލިހަށް ހާޒިރުކުރަނީ ޕާޓީގެ އާންމު ދެ މެންބަރުން ކަމަށްވާ މުހައްމަދު ހަމާއިދު އަބްދުލްގަނީ އާއި އާއިޝަތު ނަޖުދާ އަލީ އެވެ.
މި އެންމެންނަށް ވެސް ފުލުހުން ކުރާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމާއި އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއވި ބޮޑު މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން ދާއިރު، އެ ޕާޓީން ދަނީ އަންނަ މަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ.