ޕާމާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ އަދި ހަމަ އެކަނި ކުޅުންތެރިޔާއަށެވެ. ޗެލްސީން މި މެޗުގައި ޖެހި ހަތަރު ލަނޑުވެސް ޖެހީ ޕާމާއެވެ.
ރެކޯޑު ލަނޑުތަކާއެކު ޕާމާ ބުނީ، ކޮންމެ ލަނޑަކަށް ފަހު ވެސް، އޭނާ އަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.
މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި ޕާމާ އަންނަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗެލްސީ އަށް ބަދަލުވި ފުރަތަމަ ސީޒަންގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 45 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ.
މި ސީޒަންގެ މިހާތަނަށް އަށް މެޗު ކުޅުނުއިރު، އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ.