ads
ކޮވިޑް-19 އަށް ފުރަތަމަ މީހާ ޕޮޒިޓިވްވި ހަބަރާއެކު ޔަމަނު ބިރުވެރިކަމެއްގައި!
ކޮވިޑް-19 އަށް ޔަމަނުން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެ ބިރުވެރިކަން އިތުރުވެއްޖެ އެވެ.

އެގައުމުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސިއްހީ ނިޒާމް ބަލިކަށިވެފައި އޮއްވާ ކޮވިޑް-19 އަށް އެގައުމުން ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވާއިރު މިކަމުގެ ބިރުވެރިކަން ބޮޑުވެ، އެ ގައުމުގެ އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ވަނީ ހާސްކަން ފާޅު ކޮށްފަ އެވެ. 

ޔަމަނުގައި މިލިއަނެއްހާ މީހުންނަކީ ކާއެއްޗެއްސާއި އެހެނިހެން ހިދުމަތް ހޯދުމަށް ވެސް އެހީ ފޯރުކޮށްދޭ އިދާރާތަކަށް ބަރޯސާވާ މީހުންނެވެ. ގިނަ ހޮސްޕިޓަލުތަކުން ހިދުމަތްތައް ނުލިބޭއިރު އެ ގައުމަށް ކޮލެރާ، ޑެންގޫ އަދި މެލޭރިއާގެ ބިރުވެރިކަމާއި ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މިދަނޑިވަޅުގައި ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ފެނި، ބިރުވެރިކަން ވަނީ އިތުރުވެފަ އެވެ.

ޔަމަންގެ ނޭޝަނަލް އެމަޖަންސީ ކޮމިޓީއިން ހުކުރު ދުވަހު ބުނި ގޮތުގައި، ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ އެ ގައުމުގެ ދެކުނުގެ ތެޔޮ އުފައްދާ އަވަށެއް ކަމަށްވާ ހަދްރަމައުތުން 60 އަހަރުގެ މުސްކުޅި ފިރިހެނެކެވެ. އެމަޖަންސީ ކޮމިޓީގެ ސްޕޯކްސްޕާސަން އަލީ އަލް-ވަލީދީ ވިދާޅުވި ގޮތުގައި، މި މީހާ މިހާރު ވަނީ ކަރަންޓީން ފެސިލިޓީއެއްގަ އެވެ. އަދި ބަލި މީހާގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.

ޔަމަންގެ އޮތޯރިޓީތަކުން ވަނީ މި މީހާ މަސައްކަތް ކުރަމުންދިޔަތަން ބަންދުކޮށް އެތަނުގެ މުވައްޒަފުން ކައިރީ ދެ ހަފްތާ ވަންދެން އެކަހެރި ވުމަށް އެދިފަ އެވެ. އަދި ހަދްރަމައުތު ގައި 12 ގަޑިއިރުގެ ކާފިއުއެއް ހިންގަމުން އަންނައިރު، އެހެން އަވަަށްތަކުން ހަދްރަމައުތުއަށް ނުވަދެވޭ ގޮތަށް ބޯޑަރު ވެސް ވަނީ ބަންދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް