ކައުންސިލުން މިހާރު ވަނީ ވޯޓާ ޕާކުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި މަޝްރޫއު އަކީ ކުރިންވެސް ކައުންސިލުން ރާވައިގެން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް އަދި މި މަޝްރޫއަކީ ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއުއެއްކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއް މިލިއަން ރުފިޔާއާއި ގާތްކުރާ މިންވަރަކަށް ފައިސާ ހަރަދުކުރާނެކަމަށެވެ.
ވޯޓާ ޕާކު ތަރައްގީކޮށް ނިމޭއިރު ރައްޔިތުން މޫދަށް އެރި އުޅޭނެ ސަރަހައްދެއް ވެސް އަތިރި މަތީގައި ގާއިމް ކުރާނެކަމަށް ކަމަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޒާރާ އާއި ޝިޔާމް މި މަހު ކައިވެނި ކުރާނެ:
ސަން ސިޔާމް އާއި ކައިވެނިކުރުމަށް ތައްޔާރުވަމުންދާ ޒާރާގެ ބްރައިޑަލް ޝަވާ ވެސް ވަނީ ދާދި ފަހުން ފާހަކޮށްފައެވެ. އެ ހަފްލާގައި އޭނާގެ އާއިލާ މީހުންނާއި ގާތް އެކުވެރިން ބައިވެރިވިއެވެ.
ބ. ކަމަދޫއަށް ނިސްބަތްވާ ޒާރާއާއި ސަން ސިޔާމް ކައިވެނިކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ސަން ސިޔާމްގެ ހަތަރު ވަނަ ކައިވެންޏެވެ.
ސަން ސިޔާމްގެ އެންމެ ފަހުގެ ކައިވެންޏަކީ މޮރޮކޯއަށް ނިސްބަތްވާ އަނބިކަނބަލުންނާ އެކު 2019 ގެ ކުރީކޮޅު ކުރި ކައިވެންޏެވެ. މި ކައިވެންޏަށް އެ ދެ މަފިރިންނަށް ދިހަވަރަކަށް ދުވަސް ކުރިން ދުބާއީގައި އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައިވެއެވެ.
ސަން ސިޔާމްގެ މީގެ ކުރީގެ ކައިވެނިތަކަށް ވެސް އިތުރު ދަރިން ވަނީ ލިބިފައެވެ.