ފުލުހުން ބުނީ ޒަހަމްތަކަކާއެކު އޮތް މީހަކު މިއަދު ފަތިހު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީ ހާއަކީ އެފްކޮންސްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.