ads
ފުލުހުން މަތުމަތި ބަލަހައްޓަނީ
މިދިޔަ ސެޕްޓެމްބަރު މަހުގެ ކުށުގެ ނަމްބަރުތައް ދަށަށް
މިދިޔަ މަހުގެ ކުށުގެ ނަމްބަރުތައް އޭގެ ކުރީ މަހާއި އަޅާ ބަލާއިރު ދަށަށް ގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަމަހު އެ އިދާރާއަށް ރިޕޯޓްކުރި ހުރިހާ ބާވަތެއްގެ ކުށްތަކުގެ އަދަދުވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދަށްވެފައެވެ. 

މިދިޔަ މަހުވެސް އެންމެ ގިބައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. މިދިޔަ އޮގަސްޓްމަހު ވައްކަމުގެ 323 މައްސަލައެއް ރިޕޯޓްކުރި އިރު މިދިޔަ މަހު މިއަދަދު ވަނީ 230 މަދުވެފައެވެ. ދެން އެންމެ ގިނައިން ހުށައެޅީ މަގުމަތީ އެކްސިޑެންޓްތަކުގެ މައްސަލައެވެ. އޮގަސްޓްމަހު މަގުމަތީ އެކްސިޑެންޓްގެ 204 މައްސަލަ ހުށައެޅިއިރު މިދިޔަ މަހުގެ އެ އަދަދު ވަނީ 143 ދަށްކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ކުށްތައް ރިޕޯޓްކުރާ އަދަދު މަދުވީ ފުލުހުންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަމުން އަންކަން ޝިފާން ފާހަގަކުރެއްވިއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް