ads
ގޯވިންދާ ---
ގޯވިންދާގެ ފަޔަށް ވަޒަނެއް އަރައި، މުންބާއީ ހޮސްޕިޓަލެއްގައި ފަރުވާދެނީ
ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވަމުންދާ ގޮވިންދާގެ ފަޔަށް ވަޒަން އަރައި، މުންބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށައިފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށް މުންބާއީ ފުލުހުންގެ އިސް އޮފިސަރެއް ވަނީ އިންޑިއާގެ ނޫހެއްކަމަށްވާ "އޭއެންއައި" އަށް ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ ގޮވިންދާ އޭނާގެ ލައިސަންސް އޮތް ރިވޯލްވަރު ފިސްތޯލު ޗެކްކުރަމުންދަނިކޮށް ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:45 ހާއިރު ކަމަށްވާއިރު، ވަޒަން އަރާފައިވަނީ އޭނާގެ ކަކުލަށެވެ. 

މިހާރު އޭނާއަށް އަންނަނީ މުންބާއީގެ ކްރިޓިކްކެއާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ގޮވިންދާގެ ރިވޯލްވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ އަންހެނުން ސުނީތާ އަހުޖާ މިވަގުތު ހުރީ މުންބާއީން ބޭރުގައި ކަމަށްވާއިރު، މި ހާދިސާގެ ހަބަރު ލިބުމާއެކު އަވަސް އަވަހަށް މުންބާއީއަށް އެނބުރި އޭނާ އައިސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިހާތަނަށް ގޯވިންދާގެ އާއިލާގެ ފަރާތުން މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ގޯވިންދާ ދާދިފަހުން އަލުން ސިޔާސީ މައިދާނަށް ނުކުމެފައިވަނީ، ޝިވް ސޭނާ ޕާޓީއާ ގުޅިގެންނެވެ. އޭނާއަކީ ބޮލީވުޑްގެ އެންމެ މަޤްބޫލު އެއް ތަރިއެއްގެ ގޮތުގައި ދެމިހުރި ނަމަވެސް، ފަހަކަށް އައިސް ފިލްމީ ދުނިޔެއިން ދުރުވެފައިވާ ތަރިއެކެވެ. 

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ގޯވިންދާއަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށްފައެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް