ads
އައިޝްވާރިއާ އަދި އަމީތާބް
އަމީތާބް ބަޗަންގެ އިންޒާރެއް އައިޝްވާރިއާއަށްދޭ ވީޑިއޯއެއް އަނެއްކާ ވެސް ވައިރަލްވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ އަމިތާބް ބަޗަން އަދި އޭނާގެ ދަނބިދަރި އައިޝްވަރިޔާ ރާއީ ބަޗަންއަށް ނަސޭހަތެއްގެ ގޮތުގައި "އިންޒާރެއް" ދޭ ވީޑިއޯއެއް އަނެއްކާވެސް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
Advertisement

މި ވީޑިއޯ އެންމެ މުރަތަމަ އާންމުވެފައިވަނ ފެންނަނީ 2015 ވަނަ އަހަރު ހިނގި ކަމެއް ކަމަށްވާއިރު، އޭގައި އައިޝްވަރިޔާ ވަރަށް އުފާވެރިކަމާއެކު އަމިތާބް ބަޗަންއާ ބައްދަލުކޮށް، އޭނާއަކީ "އެންމެ މޮޅު މީހާ" ކަމަށް ބުނެ ވަރަށް އުފަލުން އުޅޭ މަންޒަރު ފެނެއެވެ.

ވީޑިއޯއިން ފެންނަގޮތިން އެ ވަގުތު އަމިތާބް ބަޗަން ވަނީ އައިޝްވަރިޔާއަށް ކުޑަކުޑަ އިންޒާރެއް ދީފައެވެ. އޭނާ ބުނި ގޮތުގައި އައިޝްވަރިޔާ އެހެން އުޅެންވީ އޭނާގެ ކާފަ ދަރިފުޅު އާރާދިޔާ ބަޗަން ފަދައިން ނޫޅުމަށެވެ. މިއީ އައިޝްވަރިޔާގެ ކުޑަކުދިންނާ އެއްފަދަ ޢަމަލުތަކަށް ދެއްވި ލަފައެއް ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މި ވާހަކަ ދެއްކުމުގައި ދެމީހުންގެ ދެމެދުގައި އޮތް ހިނިތުންވުމާއި ލޯތްބާއެކު މުޢާމަލާތްކުރާ މަންޒަރުވެސް ފާހަގަކުރެވެއެވެ.

މި ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކި ގޮތްގޮތަށް ހިޔާލު ފާޅުކޮށްފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ޖަޔާ ބަޗަން އައިޝްވަރިޔާއާމެދު ނުރުހުން އޮންނަ ސަބަބެވެ. އަނެއްބައި މީހުން ބުނަނީ އައިޝްވަރިޔާ މި ޢާއިލާއަށް ދިން ލޯތްބަށްވުރެ ބޮޑަށް އޭނާއަށް އެ ޢާއިލާއިން ލިބުނީ ނަފުރަތެވެ.

މި ވީޑިއޯ ފެތުރިފައިވަނީ އަބިޝެކް ބަޗަން އަދި އައިޝްވަރިޔާ ރާއީ ބަޗަންގެ ކައިވެނި ރޫޅޭނެކަމުގެ ކަމުގެ އަޑުތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ދެ ތަރިންގެ ގުޅުން އަލުން އާވެދާނެކަމުގެ ނިޝާންތައްވެސް އަންނަނީ ފެންނަމުންނެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް