މިފްކޯއިން ބުނީ މީ އެކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން" ގެ ބާވަތްތައް ހޯދުމަށް ކުރާ މަސައްކަތެއްކަމަށެވެ. އަދި މިކަމުގައި މައިގަނޑު މަޤްސަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުންކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިފްކޯއިން ވަނީ ހުޅުވާލާފައެވެ. އަދި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ.
ޕްރޮޕޯސަލްތަކުގައި ހިމެނެންޖެހޭ މައުލޫމާތުތައް:
މިފްކޯއިން ބުނީ ޕްރޮޕޯސަލްތައް ބަލއިގަތުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 7 ވާ ހޯމަ ދުވަސްކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;