ޑައެގްނޯސިސްއައް ފަހު ޑޮކްޓަރުން ބުނީ ކެރެޓް ކޯނިއާ ބަލި މަފާޒް ގެ ދެލޮލުގަިވެސް ހުރިކަމަށެވެ. އަދިބަލީގެ ހާލަތު ވަރައް ސީރިއަސް ކަމަށާއި 18 އަހަރު ވަންދެން ރެގިއުލާ ޗެކަޕް ހަދަން މަޖުބޫރުވާަމަށެވެ.
އިތުރު ފަރުވާއަކައް އިންޑިއާއަށް ބޭސް ކުރުމައް ދިޔުމުން އެތަނުގެ ޑޮކްޓޯ ބުނެފައިވަނީ މަފާޒްގެ "ސުޓީވެންސް ޖޯންސަންސް" ސިންޑުރޮމް ހުރިކަމަށް ފާހަގަކޮށްފައެވެ.
ސުޓީވެންސް ޖޯންސަންސް ސިންޑްރޯމް (Stevens-Johnson syndrome) އަކީ ނުރައްކާތެރި އަދި މަދުން ދިމާވާ ހަމުގެ ބައްޔެކެވެ.
މި ބަލީގެ މައިގަނޑު ސިފަތަކަކީ:
- ހަމުގައި ރަތްވުމާއި ހަނގނޑު ފުއްޕުން
- ހަމުގެ މަތީ ފަށަލަ ވަކިވުން
- އަނގަ، ލޯ އަދި ޖިންސީ ގުނަވަންތަކުގެ މިއުކަސް މެމްބްރޭންތަކަށް އަސަރުކުރުން
- ހުން އައުން އަދި ގައިގައި ރިހުން އިހުސާސްވުން
ބަލީގެ ދާއިމީ ފަރުވާ އަކައް ޑޮކްޓަރުން ވަނީ ލޮލުގެ އޮޕަރޭޝަން ކުރަން އަވަސްވެގަތުމަށް އިލްތިމާޒް ކޮއްފައެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޮޕަރޭޝަން ފަސް ކުރާ ކޮންމެ ދުވަހަކީ މަފާޒް ގެ ލޮލައް ނުހަނު ގެއްލުން ހުރި ކަމެއް ކަމައް ވަނީ ބުނެފައެވެ.
ޑޮކްޓަރުން ބުނީ މަފާޒްގެ އޮޕަރޭޝަނަށް 15،000 ޑޮލަރުވަރު އަރާނެކަމައް ލަފާކުރެވެއެވެ. އަދި ލިޔުކިޔެމުކުން ސީދާ އަގެއް ބުނާކައް ނޭންގެ ކަމަށް ޑޮކްޓަރުން ބުނެއެވެ. މަފާޒްގެ ލޮލުގެ ބައްޔާ ދޭތެރޭ ޑޮކްޓަރު އަންދާޒާކޮއްފައި ކުރި އަގަކީ އެއީއެވެ.
މާޔޫސް ކަމާއި ކަންބޮޑުވެފައި ހުރި މަފާޒްގެ މައިންބަފައިން އެދެނީ ހުރިހާ އެންމެންގެ ދީލަތި އެހީތެރިކަމަށެވެ.
މަފާޒްއަށް އެހީތެރިވުމަށް:
މައުސޫމް ހަސަން (ބައްޕަ):
(ރފ) 7712216293101
(USD) 7730000435922
އޭގެއިތުރުން މިރޭގެ ވަގުތެއްގައި ޓިކްޓޮކް ލައިވް މެދުވެރިކޮށް މަފާޒްގެ އޮޕަރޭޝަންއަށް ފަންށް ރެއިޒް ކުރުމުގެ ހަރަކާތެއް ކުރިއަށް ދާނެއެވެ. އެއީ
މި އެކައުންޓް މެދުވެރިކޮށް ބަލައިވޭނެއެވެ. ޓިކްޓޮކް ފަންޑްރެއިސް އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.