އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ފިޔަވަޅުތަކުގައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.
މި ނިންމުން ތަންފީޒު ކުރުމުގައި ބައެއް ކަހަލަ ބަދަލުތައް ގެންނަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުން މި ނިންމުން މުރާޖައާކޮށް، ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި، ލިބޭ ބޭރު ފައިސާގެ ވަކި އިންސައްތައެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ގެސްޓްހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތު ކުރުންތަކުގެ ސަބަބުން މެދުފަންތީގެ ރިސޯޓުތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މި ކަންކަމާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާކޮށް، މިހާރު އޮތް ގަވާއިދު މުރާޖައާ ކުރުމަށް ސަރުކާރާއި އެމްއެމްއޭއަށް ފައްޔާޒް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ގަވާއިދަށް އަންގާރަ ދުވަހު ގެނެވުނު ބައެއް ބަދަލުތައް:
އެމްއެމްއިން އިއްޔެ އަމަލު ކުރަން ފެށި އާ ދެ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން އަހަރަކު ޖުމްލަ 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ދެން މަޖުބޫރުވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;