ads
މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒު އިސްމާއީލް (މ) ވާހަކަ ދައްކަވަނީ - ފޮޓޯ/އެމްޑީޕީ
ސިޔާސީ ދާއިރާ ކިޔަވައިދޭން އެމްޑީޕީން އެކަޑަމީއެއް ހަދާ، ތިންކް ޓޭންކެއް އުފައްދަނީ
އިދިކޮޅު އެމްޑީޕީ ހިންގުން ހަރުދަނާކޮށް ޕާޓީ، މުއައްސަސާއެއް ގޮތަށް ދެމި އޮންނާނެ ގޮތް ހޯދުމަށް ރޯޑް މެޕެއްގެ ދަށުން ތިންކް ޓޭންކްއަކާއި ސިޔާސީ މީހުން ތަމްރީން ކުރަން އެކަޑަމީއެއް އުފައްދަން ގައުމީ މަޖިލީހުން ނިންމައިފި އެވެ.
Advertisement

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީއިން ކުރަން ނިންމާފައިވާ ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ ސިޔާސީ ދާއިރާއިން ކިޔަވައިދިނުމަށް އެކަޑަމީއެއް ހުޅުވުމެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ވެސް އަޅުގަނޑުމެން ޕާޓީން ތަމްރީނު ލިބިގެން ސިޔާސީ މަޝްރަހަށް ނިކުތުން. އަދި ފަހަރުގައި ކުރިޔަށް އޮތް ތާގައި ދިވެހިރާއްޖެއިން ބޭރުން ވެސް އެ އެކެޑަމީން އަޅުގަނޑުމެން ހިންގާ ކޯސްތަކުގައި ބައިވެރިވާން އެ ބޭފުޅުން. މިއީ އުންމީދެއް" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިރޭ އެޅިގެން ދަނީ އެ އަމާޒަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ސިޔާސީ ޕާޓީއަކުން ތައުލީމުދޭ ތަނެއް ރެޖިސްޓްރީކޮށްގެން ހިންގުމުގައި ހުރި ގާނޫނީ ހުރަސްތައް ސާފުނުވާކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، އެމްޑީޕީއަށް އެކެޑަމީ ހިންގުމުގެ ފުރުސަތު މި ސަރުކާރުން ނުދީފިނަމަ، އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ ނަން މަތީގައި ވެސް އެކެޑަމީ ރެޖިސްޓްރީ ކުރަން ޖެހިދާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ދެން ހުށަހެޅި ގަރާރަކީ "ތިންކް ޓޭންކް"އެއް އުފެއްދު މެވެ. މިކަމުގެ ތަފްސީލު ދެއްވަމުން ފައްޔާޒު ވިދާޅުވީ ތިންކް ޓޭންކުގެ ބޭނުމަކީ އެމްޑީޕީގެ ވަކި މުއައްސަސާއެއްގެ ގޮތުގައި ރެޖިސްޓްރީކޮށްގެން، އެ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ކުރަންޖެހޭ އިލްމީ ދިރާސާތައް ކުރުމާއި، އެ މައުލޫމާތުގެ އަލީގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މަޝްވަރާ އެ ޕާޓީގެ ލީޑަޝިޕަށް ލިބިގެން ދިއުން ކަމަށެވެ.

"ތިންކް ޓޭންކް"އެއް އުފެއްދުމާއި އެކަޑަމީއެއް ހުޅުވުމާ މެދު ފައްޔާޒު ހުށަހެޅުއްވި ހިޔާލަށް، ޖަލްސާގައި ވާހަަކަ ދެއްކެވި މެމްބަރުން ވަރަށް ބޮޑަށް ތާއީދުކުރެއްވި އެވެ. 

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ދާއިމީ ކޮމީޓީތަކުގެ ތެރޭގައި ތިންކް ޓޭންކެއްގެ ވާހަކަ އޮވެއެވެ. އެއީ ވަކި މައްސަލަތަކަކާ ގުޅޭ ގޮތުން ލަފާއާއި ހިޔާލު ފޯރުކޮށްދޭ ތަޖުރިބާކާރުންގެ ޓީމެކެވެ.

މީގެއިތުރުން އެމްޑީޕީގެ މާލީ މިނިވަން ކަމާއި ތަނަވަސްކަން އިތުރު ކުރުމަށްޓަކައި ވިޔަފާރިއެއް ފެށުމަށް ވެސް އެ ޕާޓީން މިރޭ ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް