ads
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒްރޭލަށް އެރުން މަނާކުރަން އެދެފި
ވަކި ކޮޅަށް ޖެހިހިފައި ހުންނެވި، އިޒްރޭލާ ދެކޮޅު ބޭފުޅެއް ކަމަށް ބުނެ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒްރޭލަށް އެރުން އެދެފި އެވެ.
Advertisement

އދ.ގެ ވެރިޔާއަށް އިސްރާއީލަށް އެރުން މަނާ ކޮށްފައި ވަނީ އީރާނުން އިސްރާއީލަށް ރޭ 200 އެއްހާ މިސައިލް ފޮނުވާލި ހާދިސާއާ ގުޅިގެން ގުޓަރެސް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. 

ގުޓަރެސް ވަނީ ފަލަސްތީނުގެ ގާޒާގައި ފެށި ހަމަލާތައް އިތުރަށް ފުޅާވެ ނުރައްކާވެދާނެ މިފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.

ހިޒްބުﷲ ބަލިކަށިކޮށްލުމުގެ ނަމުގައި އިޒްރޭލުން މިވަގުތު ވެސް ދަނީ ވައިގެ ހަމަލަތަކާ އެކު އެއްގަމު މަގުން ލުބްނާނަށް ވަދެގަނެ ހަމަލާތައް ދެމުންނެވެ.

ގުޓަރެސް ވާހަކަ ތަކަށް ރައްދުދީ އިޒްރޭލުގެ ފޮރިން މިނިސްޓަރު ކާޓްޒް ބުނީ ގުޓަޓޭޒަކީ ވަކި ކޮޅަށް ޖެހިހިފައި ހުންނެވި، އިޒްރޭލާ ދެކޮޅު ބޭފުޅެއް ކަމަށެވެ. އަދި އޭނަ އަކީ ޓެރަރިސްޓުންގެ ދިފާއުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ބުންޏެވެ. އެހެންވެ އިޒްރޭރަށް ދެން ގުޓަރޭޒް އެރިނުޔެނުދޭނެ ކަމަށް އޭނާ ބުންޏެވެ.

އީރާނުން މި ހަމަލާ ދީފައިވަނީ އިޒްރޭލުން އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. 

އަލްޖަޒީރާ ބުނާގޮތުން އީރާނުގެ ހަމަލާތައް އިސްރާއީލަށް އެރީ ކުއްލިއަކަށެވެ. މިކަމުން އިސްރާއީލަށްވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މިއާއެކު އިސްރާއީލުގެ ހަރުކަށި ލީޑަރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވަޒީރުންވަނީ ބިމުއަޑީގައިވާ ބިންގަރާސްތަކަށް ގެންގޮސްފަ އެވެ.

މި ހަމަލާތަކުގައި އިޒްރޭލު އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އދ. ގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް މިޝަން ގެ ބަޔާނެއް ބުނާގޮތުން އިސްރާއީލުން އިތުރު ހަމަލާއެއް އީރާނަށް ދީފިނަމަ ދެން ހަމަލާދޭނީ މިފަހަރު ހަމަލާދިން މިސައިލްތަކަށް ވުރެ އެތަށްގުނަ ބާރުގަދަ މިސައިލްތަކުންނެވެ.

އިރާންގެ ހަމަލާއާ ގުޅިގެން ނަތަންޔާހޫ ފިއްލަވައިގެން ހުންނަވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ އިރާނުން ހެދީ ބޮޑު ގޯހެއް ކަމަށެވެ. އަދި ހިތިގޮތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް