ޑިފެންސް މިނިސްްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުތައް ކުރިޔަށް ދާނީ މިމަހުގެ 5 ވަން ދުވަހުން ފެށިގެން 18ގެ ނިޔަލަށްކަމަށެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހުޅުމާލެ ފޭސް 3، ފަރުކޮޅުފުށި، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަނާއި ފެރީ ޓާރމިނަލް ކުރިމަތީ ހަރަކާތްތެރިވާނެކަމަސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވިނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.