ads
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަނީ
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖެއްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

މި މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފަންޑުކުރާ ކުނި މެނޭޖްކުރުން ރަނގަޅުކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން، އެޗްޑީސީން ކުނި ބެލެހެއްޓުމަށް އެއް ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރާނެއެވެ.

މި ބިން ދޫކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގް އިބްރާހިމްއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިންއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ ޑިޒައިން ފޭސް ނިމުމަށްފަހު 18 މަސްދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއަކީ "މަގޭ ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް