"އިސްލާމީ ރަމްޒުތަކުގެ ފޮޓޯ މުބާރާތް 1446" މިނަމުގައި، ކުރިޔަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން 12 އަހަރުން މަތީގެ ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ފޮޓޯ ގެނުމުގެ މުބާރާތެއްކަމަށް ތަރިކަ މިނިސްޓްްރީން ބުނެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރެއިނ،ް ދިވެހީންގެ އިސްލާމީވަންތަކަމުގެ ރަމްޒުތައް ހޯދައ،ި އަދުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމާއި ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައ،ި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުންކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން ފަންނިއްޔާތުގެ ވަސީލަތްތަކުގެ އެހީގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށައި ދިވެހީންގެ ތަރިކައާއި ސަޤާފަތުގެ އެހީގައ،ި އިސްލާމް ދީނާ މެދު ދިވެހީންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުކޮށ،ް ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް
މި މުބާރާތުގައި ފޮޓޯ ބައިވެރިކުރެވޭ ދާއިރާތައް
މުޅި މުބާރާތުން 1ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރިސޯޓު ދަތުރެކެވެ. ކޮންމެ ގިންތިއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވައި އެ ފަރާތްތަކަށް ހަނދާނީ ރަމްޒެއް ދިނުމުގެ އިތުރުން މުބާރާތުން ވަނަވަނައަށް ހޮވޭ ފޮޓޯތައް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 1 ހަފުތާގެ މުއްދަތަށް މައުރަޒުކުރެވޭނެކަމަށްވެސް ސަގާފަޔާއި ބެހޭ މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ ފޮޓޯ މިމަހުގެ 05 އިން 10 ވަނަދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.