ads
ވިލިމާލެ ދަނޑު އިފްތިތާހް ކުރުން
ވިލިމާލޭ ދަނޑުގެ މައްސަލައިގައި އެފްއޭއެމްގެ މައްޗަށް ތިން މިލިއަން ޑޮލަރުގެ ހުކުމެއް
ވިލިމާލޭގައި އެޅި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރި މީހުންނަށް ފައިސާ ނުދީގެން، ތިން މިލިއަން ޑޮލަރު މަސް ދުވަހުގެ ތެރޭގައި ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.
Advertisement

އެފްއޭއެމްގެ މައްޗަށް ބުރާސްފަތި ދުވަހު، ސިވިލް ކޯޓުން ކުރި ހުކުމަކީ، ޓީކުއިންގ ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް ކިޔާ ކުންފުޏަކަށް ފައިސާ ނުދީގެން އެ ކުންފުނިން ކުރި ދައުވާއާ ގުޅިގެންނެވެ. 

ކޮރެއާގެ މި ކުންފުނިން ކޯޓަށް ދިޔައީ ފައިސާ ނުދައްކައިގެން އެފްއޭއެމާއެކު ވީ އެއްބަސްވުމާއެކު ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަދައިދިނުމުންވެސް އެ ފައިސާ ނުދެއްކުމުންނެވެ.

މި މައްސަލައާ ގުޅިގެން އެފްއޭއެމުން ދައުވާގެ ލިޔެކިޔުންތަކާ ހަވާލުވި ނަމަވެސް ޝަރީއަތަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން މައްސަލަ ނިންމާފައިވަނީ އެފްއޭއެމްގެ ގައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެ ހާސް އެމެރިކާ ޑޮލަރު ދައްކާށެވެ.

ބޮއްސުންލައި، އިނދަޖެހިފައިވާ އެފްއޭއެމްގެ މައްޗަށް އެތައް ހުކުމެއް އިއްވާފައި އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް